ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މައްސަލައެއް ޖޭއެސްސީގައި މާދަމާއަށް އެޖެންޑާ ކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މައްސަލައެއް ޖޭއެސްސީގައި މާދަމާއަށް އެޖެންޑާ ކޮށްފި

ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މައްސަލައިގެ ޖަލްސާއެއް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މާދަމާއަށް އެޖެންޑާ ކޮށްފިއެވެ.

މިމައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ޖޭއެސްސީން އެޖެންޑާ ކުރި މައްސަލައެކެވެ. އެނގިފައިވާ ގޮތުގައި، ފަނޑިޔާރުންގެ ފެންވަރު ނުބަލާތާ މިހާރު 10 އަހަރުވަނީ ވެފައެވެ.

ޤާނޫނު އަސާސީގެ 285 ވަނަ މާއްދާގެ ށ ގައި ބުނެފައިވާ ގޮތުގައި ޤާނޫނު އަސާސީއަށް އަމަލުން ކުރަން ފަށާތާ ގިނަ ވެގެން ދެ އަހަރު ތެރޭގައި ފަނޑިޔާރުންގެ ޝަރުތުތައް ފުރިހަމަވޭތޯ އެކޮމިޝަނުން ބަލައެވެ.

މިއަދު އޮންލައިން