ކޯޓުން ރުޖޫޢަކުރުމުގެ ކުރިން އެއްދާން ނުކުރޭ! ނޫންނަމަ ފަހުން ލަނޑެއް ލިބިދާނެ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ކޯޓުން ރުޖޫޢަކުރުމުގެ ކުރިން އެއްދާން ނުކުރޭ! ނޫންނަމަ ފަހުން ލަނޑެއް ލިބިދާނެ!: ޝައިޚް ޢަލީ ޒައިދު

"ވަރިއާއި ބެހޭ ގޮތުން ސުވާލެއް ނުކުރާ ދުވަހެއް ނުދާ ކަމަށް ބުނިނަމަވެސް ރަނގަޅުވާނެއެވެ. އެހައިވެސް ރާއްޖޭގައި ވަރި ގިނައެވެ. އަޅުގަނޑުގެ ނަޞޭޙަތަކީ ވަރިކޮށްފިނަމަ ކޯޓޫގައި ރަޖިސްޓްރީ ކުރުމެވެ. އަދި ކޯޓުން ރުޖޫޢަކުރުމުގެ ކުރިން އެއްދާން ނުކުރުމެވެ. ނޫންނަމަ ފަހުން ލަނޑެއް ލިބިދާނެއެވެ."

--ޝައިޚް ޢަލީ ޒައިދު

ޝައިޚް ފާހަގަކުރައްވާފައި އެވަނީ ވަރަށް މުހިންމު 2 މައްސަލައެކެވެ. ފުރަތަމަ މައްސަލައަކީ ކޯޓުގައި ވަރި ރަކިސްޓްރީ ނުކުރާނަމަ 3 ފަށްވުމުން ކުރިމަތިވެދާނެ މައްސަލައެވެ. އެ ހާލަތުގައި ވަރިކުރި ކަމުގެ ހެކި ދެއްކެން ނުއޮންނާނެ ކަމެވެ.

2 ވަނަ މައްސަލައަކީ އަމިއްލައަށް ރުޖޫޢަކޮށްގެން އުޅެނިކޮށް ދަރިއަކު ލިބިއްޖެ ނަމަ ކުރިމަތިވާނެ މައްސަލައެވެ.

ޑރ. މުޙައްމަދު އިޔާޟް ވެސް އިލްތިމާސްކުރައްވާފައިވަނީ އެއްވެސް ސަބަބަކާއިހުރެ ވަރިކޮށްފިނަމަ ކޯޓުގައި ރަޖިސްޓްރީ ކުރުމަށާއި އަދި ކައިވެނި ވެސް ރަޖިސްޓްރީ ކުރުމަށެވެ. ނޫންނަމަ ފަހުން ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު އެބައޮތްކަން ޑރ. އިޔާޟް ވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

މިއަދު އޮންލައިން