ބަންދުކޮށްފައި ތިބޭ މީހުންގެ ނަފްރަތު އިތުރުވަނީ ޙުކުމެއް ނުކޮށް ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން ބައިތިއްބާތީ: މުނާޒް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ބަންދުކޮށްފައި ތިބޭ މީހުންގެ ނަފްރަތު އިތުރުވަނީ ޙުކުމެއް ނުކޮށް ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން ބައިތިއްބާތީ: މުނާޒް

ޖަލުގައި ބަނދުކޮށްފައި ތިބޭ މީހުންގެ ނަފްރަތު އިތުރުވަނީ ޙުކުމެއް ނުކޮށް ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން ބައިތިއްބާތީ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒްންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެއެވެ.

ޖަލުގައި ހިނގައިދިއަ ހަމަނުޖެހުމާއި ގުޅިގެން، އެކަން ހިނގާދިއަގޮތް ދިރާސާ ކުރުމަށް މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މުނާޒްޒް ވިދާޅުވީ ގިނަ އަދަދެއްގެ ބައަކު ހުކުމް ކުރުމެއްނެތި ޖަލުގައި ބައިތިއްބަނީ ޕީޖީ އިން އެކަމަށް އެދިގެން ކަމަށްވާތީ މިކަމުގެ ކަންބޮޑުވުން ޕީޖީއާއި ހިއްޞާކުރައްވާފައިވާނެ ކަމަށެވެ. އެއިގެ އިތުރުން މިކަމުގެ މައުލޫމާތު ސްޕްރީމް ކޯޓާއިވެސް ޙިއްޞާކުރައްވާފައިވާނެ ކަމަށެވެ.

މުނާޒް ވިދާޅުވީ މިގޮތަށް ޙުކުމެއް ނުކޮށް ޖަލުގައި ދިގު މުއްދަތުގައި ބައިތިއްބާއިރު އެމީހުންގެ މައްޗަށް ކުށް ސާބިތުވާނެކަން ނުވަތަ ނޫންކަންވެސް ނުއެނގޭ ކަމަށެވެ. އެހެންކަމުން އެމީހުން ތިބެނީ ރުޅިގަދަވެފައި ކަމަށާއި އެ ރުޅި ބާލަމުން ގެންދަނީ އެމީހުންނާއި ބައްދަލުވާ ޕްރިޒްން އޮފިސަރުންނަށް ކަމަށެވެ.

ބުރާސްފަތި ދުވަހު ހިނގައިގެން އުޅޭ ހަމަނުޖެހުމަކީވެސް މިފަދަ ކަންތައްތަކަކާއި ގުޅުންހުރި މައްސަލައެއް ކަމަށް ވެސް މުނާޒް ވަނީ ތުހުމަތު ކުރައްވައިފައެވެ. "ކުރިން އެމީހުންނަށް ޖަލުގައި ނުލިބޭ ޙައްޤުތައް މިހާރުވެސް މިގެންދަނީ ދެމުން. އެހެންކަމާއިއެކުވެސް މައްސަލަތައް ކުރިމަތިވަނީ." ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު އޮންލައިން