ބައެއް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުމުން ޖެހިގެން އަންނަ ހުކުރު ދުވަހާއި ހަމައަށް ދެއްވަވާ ނޫރަކީ މައްނަވީ ނޫރެކެވެ. މާނައަކީ ލޮލަށް ނުފެންނަ ނޫރެކެވެ. އެ ނޫރުގެ ސަބަބުން އޭނާ ނުބައި ކަންތައްތަކުން ދުރުހެލި ކުރުވާ އަދި ހެޔޮ ކަންތައްތަކަށް މަގުދައްކުވައިދެއެވެ.
ބައެއް ޢިލްމްވެރިން ވިދާޅުވާ ގޮތުގައި އެއީ ޙިއްސީ ނޫރެކެވެ. އޭނާގެ ފައިތިލައިގެދަށުން އެ ނޫރު ޤިޔާމަތް ދުވަހުގައި ފައުޅުވާން ހުންނާނެއެވެ. އަދި އެ ނޫރުގެ ސަބަބަބުން ދުނިޔެމަތީގައިވެސް އޭނާގެ މޫނު މައްޗަށް ހިނިތުންވުން އައުމާއި ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ އިތުރު ބަސްފުޅެއްގައިވެއެވެ. "ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔަވައިފި ކަމަށް ބެލެވެނީ ހުކުރުވިލޭރެއަށް އިރު އޮއްސުމާއި ހުކުރު ދުވަހުގެ އިރު އޮއްސުމާއި ދެމެދުގައި ކިޔެވުމުންނެވެ. އެއްފަހަރާ ކިޔަވަން އުނދަގޫ ނަމަ ބައިބައަށްވެސް ކިޔެވިދާނެއެވެ."