އަނިޔާކުރި ފަނޑިޔާރުން ދިފާޢުކުރަން ދާން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ: އާދަމް ޢާޒިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
އަނިޔާކުރި ފަނޑިޔާރުން ދިފާޢުކުރަން ދާން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ: އާދަމް ޢާޒިމް

އަނިޔާވެރި އަދި އަނިޔާކުރި ފަނޑިޔާރުން ދިފާޢުކުރަން ދާން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް 3 އަހަރަށްވުރެ ގިނަ ދުވަހު އަނިޔާ ލިބިވަޑައިގެންފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ ކޮއްކޮ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. 

އާދަމް ޢާޒިމް ވިދާޅުވީ ފަނޑިޔާރުގެ އިޞްލާޙް ކުރެވޭނީ އަނިޔާވެރި ފަނޑިޔާރުން ފަނޑިޔާރުގެތަކުން ދުރުކޮށްގެންކަމަށެވެ. އަދި އެ ފަނޑިޔާރުންނަކީ އެތައް ބައަކަށް ބޮޑެތި އަނިޔާދިން ބައެއްކަން އެއްވެސް މީހަކު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. 

ކާނަލް ނާޒިމްގެ މައްސަލައަށް ބަލާއިރު 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ ފުލުހުންގެ ތަޙްޤީޤްވެސް ފުރިހަމަ ނުކުރަނީހެވެ. އަދި އެކަން ރަނގަޅަށް އެނގިތިބެއެވެ. ފުލުހުންގެ ތަޙްޤީޤް ނިމުނުއިރު އެ މައްސަލައަކީ ކާނަލް ނާޒިމް އާއި އެއްވެސް ގުޅުމެއް ނެތް މައްސަލައެއްކަން ވެސް ވަނީ ފުލުހުންގެ ތަޙްޤީޤުން ސާބިތުވެފައެވެ. 

ހަމައެއާއިއެކު އެއިރެއްގައި އޮންނަ ވެރިކަމަކުން ކުށްވެރިކުރަން ބޭނުނަވާ މީހުންގެ ޝަރީޢަތްތައް އަވަސް އަރުވާލައިގެން ނިންމަމުންދާއިރު ތަޙްޤީޤް ނިންމައި ކޯޓުގައި ދައުވާކޮށްފައި ހުންނަ ބޮޑެތި ވައްކަންތަކާއި މުޖުރިމުންގެ މައްސަލަތައް ނުނިންމައި އެތައް އަހަރެއް ވަންދެން މަޑުކުރާކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

 

މިއަދު އޮންލައިން