ރާއްޖޭގެ 5 ސަރަހައްދެއްގަ ޘަޤާފީ މަރުކަޒު ޤާއިމުކުރަން ބޭރުގެ އެހީ އަންނަނީ ލިބެމުން: ޢަލީ ވަޙީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ރާއްޖޭގެ 5 ސަރަހައްދެއްގަ ޘަޤާފީ މަރުކަޒު ޤާއިމުކުރަން ބޭރުގެ އެހީ އަންނަނީ ލިބެމުން: ޢަލީ ވަޙީދު

ރާއްޖޭގެ 5 ސަރަޙައްދެއްގައި ޤާއިމުކުރަން ސަރުކާރުން ނިންމާފައިވާ ޘަޤާފީ މަރުކަޒުތައް ޤާއިމުކުރަން ބޭރު ޤައުމުތަކުގެ އެހީ މިހާރުވެސް އަންނަނީ ލިބެމުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ހިރިގަލުގެ މަސައްކަތް ދަސްކޮށްދޭން ކުރިއަށް ގެންދާ ޘަޤާފީ ހިރިގަލުވަޑާން ކޯސް އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޢަލީ ވަޙީދު ވިދާޅުވީ ނިމިގެންދިއަ އިންވެސްޓް ފޯރަމްގައި މޮރޮއްކޯ އާއި ސައުތު އެފްރިކާއިން މިކަމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. "މޮރޮއްކޯއަކީ ރާއްޖެ އިސްލާމްވުމާއި ތާރީޚީ ގޮތުން ގުޅިފައިވާ ޤައުމެއް. އަދި ސައުތު އެފްރިކާއިންވެސް ވަނީ އެ ޤައުމާއި ގުޅުންހުރި ދާއިރާތަކުން އެހީތެރިވެދޭނެ ކަމަށް ބުނެފަ." 

ޢަލީ ވަޙީދު ވިދާޅުވީ ފަތުރުވެރިކަން ތަރއްޤީކުރަން ރާއްޖޭގެ ތާރީޚާއި ޘަޤާފަތް "ކޮމްޕްރޮމައިޒް" ނުކުރާނެ ކަމަށެވެ. ކޮތާފަރަކީ މިސްރުކާރު ވެރިކަމަށް އައިއިރު ރިޒޯޓެއް ތަރައްޤީކުރަން ކުއްޔަށް ދީފައިވާ ރަށެއް. ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ކުރެވުނު މަސައްކަތުން އެ ރަށް ހޯދާފައިވާ ފަރާތުން މިހާރުވަނީ ތާރީޚީ ތަންތަން ހިމާޔަތްކޮށްގެން ރިޒޯޓް ތަރައްޤީ ކުރުމުގެ ކޮންސެޕްޓަށް އެބަސްވެފަ." 

ޢަލީ ވަޙީދު ވިދާޅުވީ ރިޒޯޓް ތަރައްޤީކުރަން ރަށެއް ދެން ދޭނީ ތާރީޚަށްޓަކައި ހިމާޔަތްކުރަން ޖެހޭ ތަނެއް އެރަށުގައި ހުރިނަމަ ޙިމާޔަތްކުރެވޭނެ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގައި ދިވެހި ޘަޤާފަތް ދައްކައިދޭ ރިޒޯޓެއް ތަރައްޤީކުރުމުގެ ކޮންސެޕްޓް ޓޫރިޒަމް މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާނެ ކަމަށެވެ.

މިއަދު އޮންލައިން