ސަރުކާރުން ދޭ ސްކޮލަޝިޕްތަކުގެ މަޤުޞަދު ޙާޞިލްވާނީ ޤައުމު އާރާސްތުކުރުމުގަ މުހިންމު ދައުރެއް އަދާކުރާ ބައަކަށް ދަރިވަރުން ވެގެން: ރައީސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ސަރުކާރުން ދޭ ސްކޮލަޝިޕްތަކުގެ މަޤުޞަދު ޙާޞިލްވާނީ ޤައުމު އާރާސްތުކުރުމުގަ މުހިންމު ދައުރެއް އަދާކުރާ ބައަކަށް ދަރިވަރުން ވެގެން: ރައީސް

ސަރުކާރުން ދޭ ސްކޮލަޝިޕްތަކުގެ ޙަޤީޤީ މަޤުޞަދު ޙާޞިލްވެގެން ދާނީ، ދަރިވަރުންނަކީ ޤާބިލް، ހުނަރުވެރި އަދި ޤައުމު އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ 2018ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވެވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. 

"ޤައުމީ ތަރައްޤީގައި އަޅުގަނޑުމެން ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ މީހުން ބިނާކުރުން. ރައްޔިތުން އެދޭ ފަދަ ކުރިއެރުން ޙާޞިލްކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ، ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލު ޖީލެއް ބިނާކުރުން. މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު އަމާޒުކުރެވިފައިވަނީ މި ދެންނެވި މިސްރާބަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

މިއަދު އޮންލައިން