މާތް ﷲގެ ވާގިފުޅާއިއެކު ނޭކުރެންދޫ ޖަލުގެ މަޝްރޫޢުއަކީ މިވެރިކަމުގައި ބޮޑު ތިލަދުންމައްޗަށް ތަރައްޤީ ގެނުވާނެ މަޝްރޫއަކަށް ވެގެންދާނެ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.
އަނާރާ ވިދާޅުވީ މަޖިލިސްތެރެއިން 2019 ވަނަ އަހަރުގެ ބަޖެޓުގަ އެ މަޝްރޫޢު ހިމެނުނު ކަމަށެވެ. "ނޭކުރެންދުގަ ޖަލެއް ޤާއިމުކުރަން އަޅުގަނޑާއިއެކު މަސައްކަތްކުރި ޓީމުގެ ވަރަށް ބޮޑު ތާއީދު ލިބުނު. ޝުކުރިއްޔާ."
ޖަލުގައި ބަންދުކޮށްފައި ތިބި ބައެއް މީހުންނަކީ މުޖުތަމައުގައި ކުރެވޭ މަސައްކަތްތަކުގައި ބައިވެރިކޮށް އެކަމުގެ ފައިދާ މުޖުތައުއަށާއި ދައުލަތަށްވެސް ހޯދޭނެ ބައެއްކަން ސަރުކާރުތަކުން ވެސް ގެންދަނީ ފާހަގަކުރަމުންނެވެ. ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ކުރިއަށް އަދި ވަނީ ނުގެންދެވިފައެވެ.
Neykurendhoo ga jaleh gaaim kurumah alhugandaaeku masakkaykuri team ge varah bodu support libunu. Shukriyya.
— Anara Naeem (@AnaraNaeem) June 20, 2019
Adhi majilis therein 2019 ge budget ga e mashroou himenunu. E mashrooakee mi verikamuga boduthiladhunmachhah tharaggee genuvaane mashrooakah vegen dhaane in sha Allah