ރާއްޖޭގެ ސްކޫލްތަކަށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީއިން ފޮތް ހަދިޔާކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ރާއްޖޭގެ ސްކޫލްތަކަށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި އެމްބަސީއިން ފޮތް ހަދިޔާކޮށްފި

ދިވެހި ރާއްޖޭގެ ސްކޫލްތަކަށް އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ފޮތް ހަދިޔާކޮށްފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި މިފޮތްތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި ހަވާލުކުރެއްވީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލްއެވެ.

ގިނަ ދާއިރާތަކާ ގުޅޭ 200 ފޮތް ހަދިޔާކޮށްފައިވާއިރު މިފޮތްތަށް ދިނުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން ލައިބްރަރީގައި އެންމެ ފޮތް މަދު ސްކޫލްތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުންޏެވެ.

 

މިއަދު އޮންލައިން