އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެ ފަތުރުވެރިކަމަށް 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެ ފަތުރުވެރިކަމަށް 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ!

އަވައްޓެރި އިންޑިއާއިން މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެ ފަތުރުވެރިކަމުގެ ސިނާއަތަށް 11 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އަހަރު ފެށިގެން ކޮންމެ މަހަކު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުން ކަމަށެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އިންޑިޔަން މާކެޓަކީ މީގެކުރިން އެކްސްޕްލޯ ނުކުރެވި އޮތް ސްކޯޕެއް ކަމަށާއި މިފަދަ ބަދަލެއް އައިސްފައިމިވަނީ އާ ސަރުކާރުގެ ހާރިޖީ ސިޔާސަތު ހަރުދަނާވެ، އަވަށްޓެރިންނާއި އެކު ބޭއްވޭ ގުޅުން ރަނގަޅު ވުމުން ކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މޭ މަހު ރާއްޖެއަށް 103022 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އެއީ މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު 10.9 ޕަސެންޓުގެ ކުރިއެރުމެެކެވެ. މި އަހަރުގެ މެއި މަހުގެ ނިޔަލަށް 749114 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ޗައިނާއިން ޒިޔާރަތް ކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައި ވަނީ އިޓަލީންނެވެ. ތިންވަނައިގަ އިންޑިޔާއ އުޅޭއިރު ހަތަރުވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޖަރުމަންވިލާތުންނެވެ. 

 

މިއަދު އޮންލައިން