ދަރުބާރުގޭގައި މިއަދު ހެނދުނު 10:13 އިން ފެށިގެން ކުރިއަށްދާ، ފަނޑިޔާރު ދީދީގެ ތަހުގީގު މައްސަލައިގައި، އެމަނިކުފާނުގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު ވިދާޅުވީ، މިމައްސަލައަކީ ޤާނޫނު އަސާސީއާއި ޚިލާފަށް ހިންގާ ތަހުގީގެއް ކަމަށެވެ.
10:46- މިއީ ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް ހިންގާ ތަހުގީގެއް ކަމަށް. އެއީ އެކަށީގެންވާ ވަގުތު ނުދިނުމާއި ބޭނުންވާ ލިޔުންތައް، ތުހުމަތުކުރެވޭ ފަރާތަށް ނުދޭތީ- ޖަމީލު
10:51- ފަނޑިޔާރު ދީދީ ސަސްޕެންޑްކުރުމާ ބެހޭ ގޮތުން ގޯސްކޮށް އަމަލުކޮށްފައިވާ ކަމަށް ޖަމީލް ވިދާޅުވުމުން، ތަހުގީގު ކޮމިޓީން އެކަން ދިފާއުކަމުން ބުނީ އެކަން ކުރީ ޖޭއެސްސީގެ ގާނޫނާއި ގަވައިދު އަދި ކުރިން އަމަލުކޮށްފައިވާ ގޮތުގެ މަތިން ކަމަށް
10:53- މީގެއިތުރުން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ގެއްލުވާލި މައްސަލާގެ ތުހުމަތުކުރެވޭ މީހަކު ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ދީދީ މީހަކާ މުޢާމަލާތްކޮށްފައިވާކަން "ސަސްޕެކްޓް 1"ގެ ފޯނުން ފުލުހުން ހޯދި ފޮރެންސިކް ހެކިން ހާމަވެފައިވާކަންވެސް ފުލުހުންނާ ޙަވާލާދެއްވައި ޖޭއެސްއެސްސީން ހާމަކުރެއްވި
11:03- ފަނޑިޔާރު ދީދީ ސަސްޕެންޑްކުރުމާ ބެހޭގޮތުން ވަކީލުންގެޓީމުން ގިނަ ވާހަކަތައް ދައްކަން ފެށުމުން ޖޭއެސްސީންވަނީ އެކަންކުރީ ޖޭއެސްސީގެ ޤާނޫނާއި ޤަވާއިދުގެތެރެއިންކަމަށް އަދި މިއަދު މިކުރިއަށް ގެންދަނީ ސަސްޕެންޑްކުރި މައްސަލައައާ ގުޅޭ ކަމެއް ނޫންކަމަށް ޖޭއެސްސީން ވިދާޅުވި. އަދި ވަކީލުން ވާހަކަފުޅުދައްކަވަންވާނީ ހުށެހެޅިފައިވާ މައްސަލައަށްކަމަށް ކޮމިޝަނުން ވިދާޅުވި.
11:05- އަބްދުﷲ ދީދީ ވިދާޅުވީ އޭނާގެ މައްސަލައެއް ނުބަލާ ކަމަށް މި މަހުގެ 10 ގައި ފުލުހުން ލިޔުން ދީފައިވާ ކަމަށާއި އެހެންވެ އޭގެ ފަހުން މައްސަލައެއް ހުށަހަޅައި ފުލުހުން ޖިނާއީ ތަހުގީގެއް ފެށީތޯ އެނގެން ބޭނުންވާ ކަމަށެވެ. އަދި ސަސްޕެންޑްކޮށް ފޮނުއްވި ލިޔުމުގައި، މިހާރު ބަލަމުން އަންނަ ސުލޫކީ މައްސަލަޔާ ސަސްޕެންޝަނާ ގުޅުން އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.