މާދަމާ ދަރުބާރުގޭގައި ބާއްވާ ފަނޑިޔާރު ދީދީގެ ތަހުގީގު ލައިވް ކުރަން ހުއްދަދިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 57ސ
މާދަމާ ދަރުބާރުގޭގައި ބާއްވާ ފަނޑިޔާރު ދީދީގެ ތަހުގީގު ލައިވް ކުރަން ހުއްދަދިފި

މާދަމާ ދަރުބާރުގޭގައި ބާއްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ފަނޑިޔާރު އަބްދުﷲ ދީދީގެ ތަހުގީގު ލައިވް ކުރަން ހުއްދަދިފައިވާކަމަށް ޖޭއެސްސީ އިން ބުނެފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުންދާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަތަކުގެ ތަހުގީގު ޕީއެސްއެމް އިން ލައިވް ކުރަން އެދިފައިވާތީ އެކަމުގެ ހުއްދަ ދީފައިވާ ކަމަށާއި އަދި ލައިވް ކުރަން އެދޭ އިތުރު މީޑިއާތަކަށްވެސް އެ ފުރުސަތު ދޭނެ ކަމަށް ޖޭއެސްސީ ގެ ޑިރެކްޓަރު ހަސަން ޒަހީން ވަނީ ވިދާޅުވެފައެވެ. 

ދީދީއާ ދެކޮޅަށް ހުށަހަޅާފައިވާ ސުލޫކީ ފަސް މައްސަލައެއް ބަލަން ޖޭއެސްސީއިން ވަނީ ނިންމާފައެވެ. އެ މައްސަލަތަކުގެ ތަހުގީގު ހުޅުވާލައިގެން ކުރިއަށްގެންދަން ދީދީ އެދިވަޑައިގެންފައިވާތީ އެގޮތަށް ކުރިއަށް ގެންދަން ޖޭއެސްސީއިން ވަނީ ނިންމައިފައެވެ.

އާންމުކޮށް ހުޅުވާލެވިގެން ފަނޑިޔާރު ދީދީގެ ތަހުގީގު އޮންނާނީ މާދަމާ ހެނދުނު 10:00 ގައި، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

މީގެ އިތުރުން ޖޭއެސްސީ އިން ބަލަމުންދާ، ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލައިގެ ތަހުގީގުވެސް ހުޅުވާލައިގެން ކުރިއަށް ގެންދަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން