ފަނޑިޔާރު ދީދީގެ ތަހުގީގު މައްސަލަ އާންމުކޮށް ހުޅުވާލައިގެން މާދަމާ ދަރުބާރުގޭގަ

ކިޔުމަށް ހޭދަވާނީ 1މ 5ސ
ފަނޑިޔާރު ދީދީގެ ތަހުގީގު މައްސަލަ އާންމުކޮށް ހުޅުވާލައިގެން މާދަމާ ދަރުބާރުގޭގަ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ކުރިއަށްގެންދާ ތަހުގީގަށް ހާޒިރުވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ދީދީގެ ތަހުގީގު މައްސަލަ، އާންމުކޮށް ހުޅުވާލައިގެން މާދަމާ ހެނދުނު ދިހައެއް ޖަހާއިރު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށް ނިންމައިފިއެވެ.

 

ޖޭއެސްސީން މިއަދު މިގޮތަށް ނިންމެވީ މިމައްސަލާގައި ފަނޑިޔާރު ދީދީގެ މައްޗަށް ކުރާ ތަހުޤީޤު ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ދީދީ ޖޭއެސްސީގައި އެދިވަޑައިގެންފައިވާތީއެވެ. ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ ޖޭއެސްސީއަށް ގޮންޖެއްސެވި މައްސަލަ ތަހްޤީޤުކުރުމަށް ޖޭއެސްސީން ވަނީ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.

 

ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރިކަން ހާމަކުރެއްވީ މިމަހުގެ 12ވަނަ ދުވަހުއެވެ. އޭނާ ސަސްޕެންޑްކުރީ އޭނާއާމެދު ހުށައެޅިފައިވާ މައްސަލައެއް ފުލުހުން ތަހުޤީގުކުރަމުން ގެންދާތީކަމަށް ޖޭއެސްސީން އެދުވަހު ހާމަކުރެއްވިއެވެ.

 

މިމައްސަލަ ޖޭއެސްސީއަށް ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެނގިފައިވާ ގޮތުގައި ނަޝީދު ހުށައެޅުއްވީ އެމަނިކުފާނަށް ޖަލު ހުކުމެއް އިއްވަން ސުޕްރީމްކޯޓްގެ ބެންޗުގައި ހިމެނިވަޑާއިގަންނަވާ އަބްދުﷲ ދީދީ އެއްމިލިއަން ރުފިޔާ ނެންގެވިކަމަށް ބުނާ މައްސަލައެކެވެ.

މިއަދު އޮންލައިން