އެންމެ އިސް އަމާޒަކީ، ޤައުމުގެ ސިޔާދަތާ މިނިވަންކަން ޙިމާޔަތްކޮށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
އެންމެ އިސް އަމާޒަކީ، ޤައުމުގެ ސިޔާދަތާ މިނިވަންކަން ޙިމާޔަތްކޮށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުން: ރައީސް ޞާލިޙް

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ސިޔާދަތާ މިނިވަންކަން ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަމަށާއި ޤައުމުތަކާއެކު ރާއްޖެއިން ގުޅުން އުފައްދައި ދަމަހައްޓާނީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް، ކުޑަނަމަވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ދިވެހި ސަފީރުންގެ އަހަރީ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި މިރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ދިވެހިންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއެކު، ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ބައަކަށްވުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސްކަމަށެވެ. އަދި ބައިނަލްއަޤުވާމީ މަސްރަޙުގައި ސާބިތުކަމާއެކު އިސްއުފުލައި، ޢަދުލުވެރިކަމާއި ހަމައާއި އިންސާފަށް އަޑުއުފުލުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް ރުކުން ކަމާއި ބައިނަލްއަޤުވާމީ މުޖްތަމަޢުގައި ރާއްޖޭގެ ހައިބަތު އުފުލައިދެނީ، މި ހަރުދަނާ ޑިޕްލޮމަސީންކަމަށެވެ. 

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ޚާއްޞަކޮށް ދިވެހި ކިޔަވާކުދިންނަށް ދޭންޖެހޭ ކޮންސިއުލަރ ޚިދުމަތްތައް ފަސޭހަކޮށްދިނުމާއެކު، އެޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމަށާއި މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނީ ސަފީރުންނަށްކަމަށެވެ. 

 

ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.  ނަމަވެސް އަދިވެސް ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި، ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ ފުރިހަމަ ކުރާނެ ގޮތްތަކެއް ހޯދުމާއި ތަރައްޤީގެ މަޝްރޫޢުތަކުގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ބޭރުގެ ޤައުމުތަކާއެކު މުޢާމަލާތްކޮށް ރާއްޖޭގެ ތަރައްޤީގައި ބައިވެރިވެ އެހީވެދޭނެ ފަރާތްތައް ހޯދުންފަދަ މަސައްކަތްތައް ކުރަންހުރިކަމަށެވެ. 

 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، އިންވެސްޓަރުންނާއި ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށްޓަކައި، ކުރަންޖެހިފައިވާ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރުންކަމަށާއި އެގޮތުން ރާއްޖޭގައި ހިނގާ އެކި ކަންކަމާ މެދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަހުސްތައް ކުރެވެމުންދާއިރު، ކަމުގެ ޙަޤީޤަތްތަކާއި ރާއްޖޭގައި ކަން ހިނގާ އުޞޫލުތައް އޮޅުންފިލުވައިދޭންޖެހޭކަކަމަށެވެ. 

 

މިއަދު އޮންލައިން