ހުޅުމާލޭ ޖަލުގެ ޤައިދީން , މިހާރު ކުރިއަށްދާ މޯލްޑިވް ގޭހުގެ ގޭސްފުޅިތައް މަރާމާތުކުރުމުގެ މަސައްކަތްތައް މުނާޒް ބައްލަވާލައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 4ސ
ހުޅުމާލޭ ޖަލުގެ ޤައިދީން , މިހާރު ކުރިއަށްދާ މޯލްޑިވް ގޭހުގެ ގޭސްފުޅިތައް މަރާމާތުކުރުމުގެ މަސައްކަތްތައް މުނާޒް ބައްލަވާލައްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް އިއްޔެ ހުޅުމާލެ ޖަލަށް ޒިޔާރަތްކުރައްވާ މިހާރު އެޖަލުގައި ކުރިއަށްދާ މޯލްޑިވް ގޭހުގެ ގޭސްފުޅިތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފި އެވެ.

މި ޒިޔާރަތަކީ، މޯލްޑިވް ގޭސް އާއިއެކު ވެވުނު އެއްބަސްވުމުގެ ދަށުން މިހާރު ހުޅުމާލޭގައި ކުރިއަށްދާ މޯލްޑިވް ގޭހުގެ ގޭސްފުޅިތައް މަރާމާތުކޮށް، އެޖަލުގައި ކުރިއަށްދާ އެހެނިހެން ވެސް މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.

މި އެއްބަސްވުމަކީ، މޯލްޑިވް ގޭހުގެ ގޭސްފުޅިތައް ޤައިދީން ލައްވާ މަރާތުކުރުވުމަށް ވެވުނު އެއްބަސްވުމެކެވެ. މި މަސައްކަތްތަކީ ޤައިދީންނަށް އެމީހުން ކުރާ މަސައްކަތުގެ އުޖޫރަދޭގޮތަށް ހަމަޖެހިގެން ކުރުވޭ މަސައްކަތެކެވެ.

މި ޒިޔާރަތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ވަނީ ހުޅުމާލެ ޖަލުގެ ސީނިއަރ މެނޭޖްމެންޓާ ވެސް ބައްދަލުކުރައްވާ، ޖަލުގެ ޙާލަތާއި ޖަލުގެ ކަންކަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ޒިޔާރަތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި އެކު ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު އޮންލައިން