މާލޭގައި އަޅާ 4،200 ހައުސިން ޔުނިޓާއި އަތޮޅުތެރޭގައި އަޅާ 5،000 ހައުސިިން ޔުނިޓް ގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
މާލޭގައި އަޅާ 4،200 ހައުސިން ޔުނިޓާއި އަތޮޅުތެރޭގައި އަޅާ 5،000 ހައުސިިން ޔުނިޓް ގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި

މާލޭގައި ސަރަހައްދުގައި އަޅާ 4،200 ހައުސިން ޔުނިޓާއި ދެކުނުގެ ފަސް އަތޮޅެއްގައި އަޅާ 5،000 ހައުސިިން ޔުނިޓް ގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީން ސޮއިކޮށްފިއެވެ.

މާލޭގައި 4،200 ހައުސިން ޔުނިޓް އެޅުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ ޗައިނާގެ ކުންފުންޏަކާ އެވެ. އަދި ދެކުނުގެ ފަސް އަތޮޅެއްގައި އަޅާ 5،000 ހައުސިން ޔުނިޓްގެ ފްރޭމްވޯކް އެއްބަސްވުން ހެދީ އިންޑިއާގެ "ދެތިން ކުންފުންޏަކާ" އެކުއެވެ.

މާލެ ސަރަހައްދުގައި މިހާރުގެ ސަރުކާރުން އަޅަން އުޅޭ 4،200 ހައުސިން ޔުނިޓްގެ އިތުރުން 2000 ހައުސިން ޔުނިޓެއް އަޅަން ވެސް އަންނަނީ މަޝްވަރާކުރަމުންނެވެ.

ރާއްޖޭގެ ގެދޮރުވެރިކަން ހައްލުކޮށް، މަސްވެރިކަން ފުޅާކުރުމަށް ސައުދީ ޢަރަބިއްޔާއިން ވެސް ވަނީ  50 މިލިއަން ޑޮލަރުގެ އެހީއެއް ދޭން އެއްބަސްވެފައެވެ.

މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގެ ތެރެއިން، ސައުދި ޢަރަބިއްޔާއިން ރާއްޖޭގެ ގެދޮރުވެރިކަން ހައްލުކުރުމަށް 25 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަޢުދުވެފައިވާއިރު ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމަށް އިތުރު 25 މިލިއަން ޑޮލަރުގެ އެހީއެއް ސައުދީ ފަންޑުން ދޭން ނިންމާފައިވެއެވެ.

 

މިއަދު އޮންލައިން