ފޯރަމަށް ހުށަހެޅި70 މަޝްރޫއަށްވެސް ބައިނަލްއަޤްވާމީ އެހީތެރިކަން ލިބޭނެ: ޝާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ފޯރަމަށް ހުށަހެޅި70 މަޝްރޫއަށްވެސް ބައިނަލްއަޤްވާމީ އެހީތެރިކަން ލިބޭނެ: ޝާހިދު

އިއްޔެ އިން ފެށިގެން ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިއަ ރާއްޖޭގެ 4 ވަނަ އިންވެސްޓް ފޯރަމަށް ސަރުކާރުން ހުށަހެޅީ ޖުމުލަ 70 މަޝްރޫޢު ކަމަށާއި ހުށަހެޅި 70 މަޝްރޫޢަށްވެސް ބައިނަލްއަޤްވާމީ އެހީތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

 

ކުރުނބާ މޯލްޑިވްސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސަރުކާރާއި ރައްޔިތުން މަސައްކަތްކުރަނީ އެއް އަމާޒަކަށް ކަމާއި އެ އަމާޒަކީ ޤައުމުގެ ތަރައްޤީ އާއި ރައްޔިތުންގެ ކުރިއެރުންކަން ފޯރަމްގެ ހުރިހާ ބައިވެރިން ވެސް ޤަބޫލުކުރާ ކަމަށާއި އެކަމަށް ތަޢްރީފްކޮށްފައިވާ ކަމަށެވެ.

 

ޝާހިދު ވިދާޅުވީ ނިމިގެން މިދިއައީ އިންވެސްޓް ފޯރަމެއް ނޫން ކަމަށާއި ޕާޓްނަރޝިޕް ފޯރަމެއް ކަމަށެވެ. އަދި މިފަދަ ފޯރަމެއް މިބޭއްވުނީ 10 އަހަރު ފަހުން ކަމަށެވެ. "މިއީ ރައީސް ޔާމީނުގެ ސަރުކާރުން ސިންގަޕޫރާ އެހެން ޤައުމުތަކުގަ ބޭއްވި ފަދަ އިންވެސްޓް ފޯރަމެއް ނޫން. މި ފޯރަމްގައި ބައިވެރިވީ ރާއްޖެއާއި ބައިވެރިވެގެން ރާއްޖެ ތަރައްޤީކޮށް ދޭން ޝައުޤުވެރިވާ ޤައުމުތަކާއި ޖަމިއްޔާތަކާއި އިދާރާތައް" ކަމަށެވެ.

 

ޝާހިދު ވިދާޅުވީ ބަހާއި އަމަލާ ދިމާނުވާ ސަރުކާރެއްގެ ވެރިކަން ބަދަލުވާ ވަގުތު އެހީދޭ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުންނާނެ ކަމަށާއި ނަމަވެސް އެ ކަންބޮޑުވުންތައް ގިރާކޮށް މިސަރުކާރަށް އިތުބާރު ހޯދިފައިވާ ކަމަށެވެ. "ބައިނަލްއަޤްވާމީ މުޖުތަމައުން ޖަޒީރާ ރާއްޖެ ބަލައިގެންފި. ވީމާ ޖަޒީރާ ރާއްޖެ ތަރައްޤީ ކުރެވޭނެ."

މިއަދު އޮންލައިން