ރާއްޖޭގައި މަސައްކަތް ކުރާ ބިދޭންސީގެ އަދަދު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާއިރު، އެމީހުންގެ ފަރާތުން ގައުމުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކަލަށް ވިސްނަންޖެހޭ ކަމަށް، ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިހެން ވިދާޅުވީ ކުރުނބާ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމުގައި ކުރިއަށް ދިޔަ ސަލަމާތާގުޅޭ ސެޝަންގައި ގްރީސްގެ މަންދޫބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބިދޭސީން އިތުރުވެގެން ދިއުން ހުއްޓުވަން އެ މައްސަލަ ރަނގަޅަށް މެނޭޖުކުރަންޖެހޭނެ ކަމަށާއި ބިދޭސީންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ފުލުހުން މަސައްކަތް ކުރާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ފޯރަމްގައި މި ބައިގެ އިތުރުން މިއަދުގެ މެންދުރު ފަހުގެ ދަންފަޅީގައި އޮންނާނީ ރާއްޖޭގައި ވިޔަފާރި ކުރުމާއި ގުޅޭ ބައެވެ. މި ބައިގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ބައިވެރިވެވަޑައި ގަންނަވާނެ އެވެ.