ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ނިންމާ ނިންމުމެއް ގޯސްކަމަށް ބުނެ، އެ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އެޅުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި އަމުރެއް ނެރެފިއެވެ
ސްޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނެފައިވަނީ ފަނޑިޔާރަކު ނިންމާ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން އެ ނިންމުމެއް ގޯސްކަމަށް ބުނެ ސުލޫކީ މައްސަލަ ބަލައި، ފަނޑިޔާރު ޖަވާބުދާރީކުރުވައި އޭނާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އެޅުމަކީ ގާނޫނީ އަދި ޝަރުއީ ގޮތުންވެސް އެއްވެސް ފަރާތަކަށް ލިބިދީފައިވާ އިހްތިސާސެއް ނޫންކަމަށެވެ.
ސްޕްރީމް ކޯޓުގެ ބަޔާން:
Court Order Number 2019/SC-SJ/03 of the Supreme Court.
— Maldives Judiciary (@judiciarymv) June 18, 2019
ReadMore: https://t.co/ydi8QY9rdY pic.twitter.com/5j0tg7EtET