އައްސޭރި ޖަލުގެ ޤައިދީންނަށް ރިހެބިލިޓޭޝަން ފެންވަރު ރަނގަޅު ކުރުމަށް މަޝްވަރާކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 1ސ
އައްސޭރި ޖަލުގެ ޤައިދީންނަށް ރިހެބިލިޓޭޝަން ފެންވަރު ރަނގަޅު ކުރުމަށް މަޝްވަރާކޮށްފި

އައްސޭރި ޖަލުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކޮށް މިހާރަށްވުރެ ރަނގަޅު ކުރުމަށް މަޝްވަރާ ބައްދަލުވުމެއް އައްސޭރިޖަލުގައި އިއްޔެ ބާއްވައިފިއެވެ.


މި ބައްދަލުވުމަކީ، އެޖަލުގައި މިހާރު ހިންގަމުން އަންނަ ރިހެބިލިޓޭޝަން ޕްރޮގްރާމަކީ، ޤައިދީންނަށް ގިނަގުން ފައިދާތަކެއް ކުރުވަނިވި، އަދި މި ޕްރޮގްރާމްތަކުގެ ބޭނުން އެންމެ ކަށޭނެގޮތެއްގައި ހިފޭނެ ގޮތަކަށް ބައްޓަން ކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

އަދި މި ޕްރޮގްރާމްތަކުގެ ސަބަބުން ޙުކުމް ފުރިހަމަކޮށް ޖަލުން ނުކުންނަ ޤައިދީން އަނބުރާ ޖަލަށް އަންނަންޖެހޭ ފަދަ ކަންތަކާ ދުރުހެލިވުމަށް ވީހާވެސް ބޮޑަށް ބާރުއަޅާފަދަގޮތަކަށް ޕްރޮގްރާމްތައް ބައްޓަންކުރުމަށް ޚާއްޞަ އިސްކަންދިނުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.


މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒްއާއި، އައްސޭރިޖަލުގެ ޑައިރެކްޓަރ އެސްޕީ މުޙައްމަދު ޝާހީން ޢަލީ އާއި، އައްސޭރިޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ އޭއެސްޕީ މުޙައްމަދު ޙުސައިން ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު އޮންލައިން