ރާއްޖޭގެ އެކި ސަރަޙައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްޤީކޮށް ފެރީގެ ނިޒާމުގެ ޕްލޭންކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި އަންނަ އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭވަރު ވާނެކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވެފައި މިވަނީ، މިޕްރޮޖެކްޓްގެ ފީސިބިލިޓީ ސްޓަޑީ ހެދުމާއި ތަފްސީލީ ޕްލޭން ހެދުމުގައި ކުވައިތު ފަންޑުން އެހީތެރިވާނެކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އާބާދީގެ ނިސްބަތުން ރާއްޖޭގެ އެކި ސަރަހައްދުތައް ވަކި ހަބުތަކެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ތަޢާރަފުކުރަން ހުށަހަޅާފައިވާ ފެރީގެ ނިޒާމަށް އެހީ ހޯދުމައްޓަކައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމު 2019އަށް ހުށަހަޅާފައެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު ވަނީ ރާއްޖެގައި، ސަރަހައްދީ ފަސް ހަބެއް ޤާއިމުކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ.
އެގޮތުން އާބާދީގެ ނިސްބަތުން ބެލުމަށްފަހު މާލެއާއި ހދ.ކުޅުދުއްފުށި ޅ.ނައިފަރު، ގދ.ތިނަދޫ، ލ.ގަމުގައި މިހަބުތަށް ޤާއިމުކުރަން ނިންމާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ، މި ހަބުތައް ތަރައްގީ ކުރުމުން ވަށައިގެންހުރި ގިނަ ރަށްތަކަކަށް ތަރައްގީއާ އިގުތިޞާދީ މަންފާ ކުރާނެ ކަމަށެވެ. މިނިސްޓަރ އަސްލަމް ވަނީ މި ޕްރޮޖެކްޓްތަކާގުޅޭ ޕްލޭންކުރުމުގެ މަސައްކަތް ނިންމައި މިއަހަރުގެ ނިޔަލަށް ނިންމައި އަންނައަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭވަރު ވާނެކަމަށެވެ.