ވީޑިއޯ!: މުރްސީގެ ނަޞޭޙަތެއް!- ތިއަބައިމީހުންގެ ޤައުމުގެ ސިންގާތައް ޤަތުލުނުކުރޭ! ޢަދުއްވުންގެ ކުއްތާތައް ތިއަބައިމީހުން ކައިލާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ވީޑިއޯ!: މުރްސީގެ ނަޞޭޙަތެއް!- ތިއަބައިމީހުންގެ ޤައުމުގެ ސިންގާތައް ޤަތުލުނުކުރޭ! ޢަދުއްވުންގެ ކުއްތާތައް ތިއަބައިމީހުން ކައިލާނެ!

"ތިއަބައިމީހުންގެ ޤައުމުގެ ސިންގާތައް ތިއަބައިމީހުން ޤަތުލުނުކުރާށެވެ. ފަހެ (އެގޮތަށް ހަދައިފިނަމަ) ތިއަބައިމީހުންގެ ޢަދުއްވުންގެ ކުއްތާތައް ތިއަބައިމީހުން ކައިލާނެއެވެ. އަހަރެން މިދައްކާ ވާހަކަތަކުގެ ޙަޤީޤަތް ތިއަބައިމީހުންނަށް ފެންނާނެ ދުވަހެއް ވަރަށް އަންނާނެއެވެ. އަހަރެން ހުރިހާ ކަމެއް ވަކީލް ކުރަނީ ﷲ ތަޢާލާއަށެވެ. އެކަލާނގެ ހުރިހާ ކަމެއް ދެކެދެނެވޮޑިގެންވެއެވެ."

މުރްސިގެ މި ނަޞޭހަތްފުޅުގެ ތެދުކަން ދަނީ އިސްލާމީ ޤައުމުތަކުން ފެންނަމުންނެވެ. އިރާޤް، ލީބިޔާ ފަދަ ޤައުމުތަކުން މުސްލިމުންގެ ޢަދާވާތްތެރިންނާއި ގުޅިގެން ވެރިކަމަށް ގެނައި ބަދަލުގެ ސަބަބުން 2 ޤައުމުވެސް އެވަނީ އަޅުވެތިވެ ނިކަމެތިވެފައެވެ. ދާޚީލީ ހަނގުރާތަކުގެ ސަބަބުން ޤައުމުގެ އަމާންކަން އެވަނީ ގެއްލިފައެވެ. ރައްޔިތުންނަށް ތިބެންޖެހިފައިވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.

"ތިއަބައިމީހުންގެ ޤައުމުގެ ސިންގާތައް ތިއަބައިމީހުން ޤަތުލުނުކުރާށެވެ. ފަހެ (އެގޮތަށް ހަދައިފިނަމަ) ތިއަބައިމީހުންގެ ޢަދުއްވުންގެ ކުއްތާތައް ތިއަބައިމީހުން ކައިލާނެއެވެ."ލިޔުއްވައި މިޓްވީޓް ޢާންމުކުރެއްވީ ޝައިޚް މުޙައްމަދު އަނީލް އެވެ.

މިއަދު އޮންލައިން