ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މިރޭ 11:30 އަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކުރަން ނިންމައިފިއެވެ.
އަބްދުﷲ ދީދީ ޖޭއެސްސީއިން އެންމެ ފުރަތަމަ އެންގީ މިރޭ 10:00 އަށް ހާޒިރުވުމަށެވެ. ނަމަވެސް އިތުރު ވަގުތު ބޭނުންވާކަން ފަނޑިޔާރު އެންގެވުމުން މިރޭ 11:30 އަށް ހާޒިރުވާން ވަނީ އަންގާފައެވެ.
ޖޭއެސްސީއިން މީގެކުރިން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރުމުން އެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިގަތް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް އޭނާ ވަނީ ހުށަހަޅުއްވާފައެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރުނީ ސަސްޕެންޝަން ފަސްކުރުމަށާއި އެ މައްސަލާގެ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނޭޅުމަށެވެ.
އިތުރު ތަފްސީލް އަންނަނީ...