ތ. ކަނިމީދޫގަ ރިޒޯޓެއް ތަރައްޤީކުރަން ނިންމުމުން ޢަބްދުﷲ ރިޔާޟް މަރުޙަބާ ވިދާޅުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ތ. ކަނިމީދޫގަ ރިޒޯޓެއް ތަރައްޤީކުރަން ނިންމުމުން ޢަބްދުﷲ ރިޔާޟް މަރުޙަބާ ވިދާޅުވެއްޖެ

ކޮޅުމަޑުލު ކަނިމީދޫ ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ބީލަމަށް ލުމަސް ސަރުކާރުން ނިންމުމުން ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް އެކަމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. 

ރިޔާޟް ވިދާޅުވީ އެ ރަސުގައި ރިޒޯޓެއް ތަރައްޤީކުރުމަކީ ވޭމަންޑޫ އާއި ތިމަރަފުށީ ރައްޔިތުންގެ ވަރަށް ބޮޑު އުނަމީދެއް ކަމަށެވެ. އަދި އެރަށް ކައިރީގައި އޮންނަ ބައިނަލްއަޤްވާމީ 2 ސަރފް ޕޮއިންޓްގެ ސަބަބުން އެ ރަށުގައި ތަރައްޤީކުރާ ރިޒޯޓަކީ ފަތުރުވެރިންނަށް މަޤްބޫލް ރިޒޯޓަކަށް ވެގެންދާނެ ކަމަށެވެ. 

ބިން ބޮޑު ކަނިމީދޫ އަކީ ކުރަމަތި ފަދައި ގިނަ ބައިތަކަކަށް ތަރައްޤީކޮށް ބޮޑު މަންފާއެއް ހޯދިދާނެ ރަށެކެވެ. ބެލެވޭ ގޮތުން އެ ރަށުގައި ރިޒޯޓް ތަރައްޤީކުރަން މިހަފްތާގައި ބީލަން ހުޅުވައިލާނެއެވެ. 

މިއަދު އޮންލައިން