ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް: ސުޕްރީމް ކޯޓު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ އަމުރާ ހިލާފަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން އަމުރެއް ނެރެފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން އުވާލުމަށް އެދިވަޑައިިގެން ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ނެރުނު ވަގުތީ އަމުރުގައި ސަސްޕެންޝަން ފަސްކޮށް އެއާ ގުޅޭ އެއްވެސް އިޖުރާއަތެއް އަދި ފިޔަވަޅެއް ނާޅަން އަމުރުކޮށްފައިވަނިކޮށް އެ ގަބޫލު ނުކުރަން ޖޭއެސްސީއިން ނިންމި ނިންމުމަކީ ޣައިރު ދުސްތޫރީ ނިންމުމެއް ކަމަށެވެ. 

ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ނެރުނުއިރު، ފަނޑިޔާރު ޑީޑީ ސަސްޕެންޑު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމި ނިންމުމުގައި ގާނޫނީ ބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ރޭ ވަނީ ނިންމައި އެ މައްސަލާގައި ގޮތެއް ކަނޑައަޅައި ދިނުމަށް އެދި މަޖިލިހުގެ ތަޅުމަށް ފޮނުވައިފައެވެ.

މިއަދު އޮންލައިން