ދަރުމަވަންތަ ސްކޫލްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކޮށްފި

ކިޔުމަށް ހޭދަވާނީ 1މ
ދަރުމަވަންތަ ސްކޫލްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކޮށްފި

ދަރުމަވަންތަ ސްކޫލްގެ ކްލާސްރޫމްތައް ހޫނުވުމުގެ ސަބަބުން ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ހުރިހާ ކްލާސްރޫމެއް އޭސީކޮށްފިއެވެ.

 

އެޑިއުކޭޝަން މިނސްޓްރީން ދަރުމަވަންތަ ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ނިންމީ، ކްލާސްރޫމްތައް ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް އެކިކަހަލަ ބަލިތައް ޖެހެމުންދާތީއާއި ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުންނެވެ.

 

ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މާރޗު މަހުގެ 21 ވަނަ ދުވަހުއެވެ.

 

އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢޫގެ ދަށުން އެ ސްކޫލުގެ 16 ކްލާސްރޫމެއްގައި ވަނީ އޭސީ ހަރުކޮށްފައެވެ. އަދި މި މަސައްކަތް އެ މިނިސްޓްރީން ކޮށްފައިވަނީ އެސްޓީއޯއާއި ގުޅިގެންނެވެ.

 

ދަރުމަވަންތަ ސްކޫލްގެ ހުރިހާ ކުލާސްރޫމެއްގައި އޭސީ ހަރުކޮށް ނިމިފައިވާއިރު، އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީ މިއަދު ވަނީ ދަރުމަވަންތައަށް ވަޑައިގެން އެސްކޫލުގެ ދަރިވަރުންނާއި މުއައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

މިއަދު އޮންލައިން