މަސްވެރި އުޅަނދުތަކުން ކަނޑުތަކަށް ޕްލާސްޓިކް އުކާނުލާނެކަމުގެ ވަޢުދުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަތްޕުޅަށް އަރުވައިފިއެވެ.
ވައުދުގެ ލިޔުން އެމަނިކުފާނުގެ އަތްޕުޅަށް އަރުވާފައިވަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގގައެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ޕާލޭ އެއަރ ސްޓްރެޓަޖީ ތަންފީޒުކުރާ ސްކޫލުތަކަށް، އެކަން ފާހަގަ ކުރުމުގެ ގޮތުން ދޭލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.
މަސްވެރި އުޅަނދުތަކުން ކަނޑުތަކަށް ޕްލާސްޓިކް އުކާނުލާނެކަމުގެ ވަޢުދުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އެރުވުން pic.twitter.com/dZXGUeOQmV
— Presidency Maldives (@presidencymv) June 15, 2019