ތަޤްވާވެރިކަން އިތުރުކުރަން ބޭނުން ނަމަ ﷲ މިއަޅާ އާއިމެދު ރުހިވޮޑިގެންވާނަމަ މިއަޅާ މިހުރީ ވަރަށް އުފަލުންކަމަށް ބުނާ މީހަކަށްވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ތަޤްވާވެރިކަން އިތުރުކުރަން ބޭނުން ނަމަ ﷲ މިއަޅާ އާއިމެދު ރުހިވޮޑިގެންވާނަމަ މިއަޅާ މިހުރީ ވަރަށް އުފަލުންކަމަށް ބުނާ މީހަކަށްވާށެވެ!: މުފްތީ މެންކް

ދުނިޔޭގައި ލެއްވެވިހައި މީސްތަކުންގެ ތެރެއިން އެންމެ ގިނަ އަދި އެންމެ ބޮޑެތި މުޞީބވާތްތަކުގައި އުޅުއްވަވަން ޖެހިވަޑައިގަތީ މިއުންމަތުގެ ނަބިއްޔާ މުޙައްމަދު (ޞޢވ) އަށެވެ. އެހެންކަމާއިއެކު ވެސް ރަސޫލް (ޞޢވ) އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައެއް ނުގަންނަވައެވެ. ހިތާމަފުޅެއްވެސް ނުކުރައްވަވައެވެ. 

ކޮންމެ ފަދަ ބޮޑު މުޞީބާތެއް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް ޙަދީޘްފުޅު ކުރައްވަވަމުން ގެންދެވީ "މިއަޅާ ބޭނުންވަނީ އިނބަ ﷲ ގެ ރުހިވޮޑިގަތުމެވެ. އިނބަ ﷲ މިއަޅާ އާއިމެދު ރުހިވޮޑިގެންވާނަމަ މިއަޅާ މިހުރީ ހަމަ ވަރަށް އުފަލުންނެވެ." 

ހަމަ އެއާއިއެކު އެންމެ ގިނައިން ކުރައްވަމުން ގެންދެވި ކަމަކީ ގިނަގިނައިން ތައުބާވެވަޑައިގަތުމެވެ. ތައުބާވެވަޑައިގަންންވަން ޖެހިވަޑައިގަންނަވާ އެއްވެސް ސަބަބެއް ނެތްއިރުގައިވެސް މެއެވެ. 

އަހަރެމެންނަށް ބަލައިފިނަމަ އަބަދު މިތިބެނީ ފާފަ ކުރެވިކުރެވިއެވެ. އަބަދު މިތިުބެނީ ތައުބާވާނަ ޖެހިފައެވެ. ރަސޫލް (ޞޢވ) ދުވާލަކު 100 ފަހަރު ތައުބާވެވަޑައިގަތުން މަތީގައި ދެމިހުންނެވިއިރު އަހަރެމެންނަށް ދުވާލަކު އެންމެ ފަހަރަކުވެސް ތައުބާ ވެވޭ ހެއްޔެވެ؟ ނުވެވޭނަމަ އަހަރެމެންގެ ހާލަކީ ކޮބައިހެއްޔެވެ؟ 

ރަސޫލް (ޞޢވ) އެހައި ގިނައިން ތައުބާވެވަޑައިގަންނަވަމުން ގެންދެވީ ތަޤްވާވެރިކަން އިތުރު ކުރެއްވެވުމަށެވެ. އަހަރެމެން ތަޤްވާވެރިކަން އިތުރުކޮށްދެއްވެވުން މިއެދެނީ ތައުބާ ނުވެތިބެއެވެ. ވީމާ ލިބޭނީ ކޮން ތަޤްވާވެރިކަމެއް ހެއްޔެވެ؟ 

- -މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން