އަމިއްލަ އިސްނެގުމުގަ ލޭ ހަދިޔާކުރާ ފަރާތްތަކަކީ އިންސާނުންގެ ފުރާނަ ސަލާމަތްކުރަން އެންމެ ބޮޑު ހޭދައެއް ކުރާ ފަރާތްތައް: ހެލްތް މިނިސްޓަރ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
އަމިއްލަ އިސްނެގުމުގަ ލޭ ހަދިޔާކުރާ ފަރާތްތަކަކީ އިންސާނުންގެ ފުރާނަ ސަލާމަތްކުރަން އެންމެ ބޮޑު ހޭދައެއް ކުރާ ފަރާތްތައް: ހެލްތް މިނިސްޓަރ

އަމިއްލަ އިސްނެގުމުގައި ލޭ ހަދިޔާކުރާ ފަރާތްތަކަކީ އިންސާނުންގެ ފުރާނަ ސަލާމަތްކުރަން އެންމެ ބޮޑު ހޭދައެއް ކުރާ ފަރާތްތައް ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. 

ދުނިޔޭގެ ލޭހަދިޔާ ކުރާ ދުވަސް ފާހަގަކުރުމަށް ނޭޝަނަލް އާޓް ގެލެރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް ތަފާތު ގޮތްގޮތަށް ވަރަށް ގިނަ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އެހެންކަމާއިއެކުވެސް އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ އެންމެ މުހިންމު އެއްކަމަކީ ލޭ ހަދިޔާކުރުން ކަމަށެވެ. "އަމިއްލަ އިސް ނެގުމަށް ލޭ ހަދިޔާކުރައްވާ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަލިއާ ގްރޫޕަށާ ލޭ ހަދިޔާ ކުރާ ހުރިހާ ޖަމާއަތަތަކަށް ވެސް ޝުކުރު ދަންނަވަން." 

އަމީން ވިދާޅުވީ ލޭ ހަދިޔާ ކުރާ މީހުންގެ ޑާޓާ ބޭސް ޤާއިމުކޮށް މިއަހަރުގެ ނިޔަލަށް ބޭނުންކުރަން ފެށޭގޮތް ހައްއްދަވަން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ލޭ ހަދިޔާކުރާ މީހުންގެ މައުލޫމާތު ޢާންމު ކުރައްވަން ވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.  

އިންސާނިއްޔަތަކަށްޓަކައި، މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ވީހައި ގިނަ މީހުންނަކީ ލޭ ހަދިޔާކުރާ ބައަކަށްވުމަށް އަމީން ވަނީ އެދިވަޑައިގެންފައެވެ.

 

މިއަދު އޮންލައިން