އުލާ ސަމުސަލުން ކާއިރުވެސް ވައަތުން ކެއުން ހުއްދައެއް ނޫން! - ކާން ޖެހޭނީ ތަށީގެ އެންމެ ގާތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
އުލާ ސަމުސަލުން ކާއިރުވެސް ވައަތުން ކެއުން ހުއްދައެއް ނޫން! - ކާން ޖެހޭނީ ތަށީގެ އެންމެ ގާތުން!

މުސްލިމުންވެސް އުލާއި ސަމުސަލުން ކައި ހަދައެވެ. އަދި އެއީ އިސްލާމް ދީން މަނާކުރާ ކަމެއް ނޫން ކަމަށްވެސް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. މުހިންމު ކަމަކީ ޣައިރު މުސްލިމުން ކައި ހަދާ ފަދައިން ވައަތުން ނުކެއުމެވެ. ވައަތުން ކައިބޮއި ހެދުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.  އޫ ނަމަވެސް ސަމުސާ ނަމަވެސް އަނގއަށް ލާންވާނީ ކަނާއަތުން ހިފުމަށްފަހު ކަނާއަތުންނެވެ. 

އެކަން ބަޔާން ކުރައްވައި ކެއުމުގެ އަދަބުތަކުގެ ތެރެއިން ކަނާ އަތުން ކެއުމާއިމެދު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވެއެވެ. 

("فعَنْ ابْنِ عُمَرَ رضي الله عنهما أَنَّ النَّبِيَّ صلى الله عليه وسلم قَالَ : ” لا يَأْكُلَن أَحَدٌ مِنْكُمْ بِشِمَالِهِ ، وَلَا يَشْرَبَنَّ بِهَا ، فَإِنَّ الشَّيْطَانَ يَأْكُلُ بِشِمَالِهِ وَيَشْرَبُ بِهَارواه مسلم ( 2020 ) މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން ކުރެ މީހަކު ވާ އަތުން ކައި ނުހަދާށެވެ. އަދި ވާ އަތުން އެއްޗެތި ބޮއި ނުހަދާށެވެ. ހަމަކަށަވަރުން ޝައިޠާނާ ކައި ބޮއި ހަދަނީ ވާއަތުންނެވެ." 

ނަމަވެސް ބަލި ޙާލަތު ހުރި ގޮތުން ކަނާ އަތުން ކެއުމަށް ޢުޛުރުވެރި ވެއްޖެ މީހާ ވާ އަތުން ކައި ބޮއި ހެދުމަކުން މައްސަލަ އެއް ނެތެވެ.) 

ކާން ޖެހޭނީ ތަށީޣެ ތިމާ އާއި އެންމެ ގާތުންކަން ބަޔާންކުރެއްވެވި ޙަދީޘްފުޅުންވެސް މިކަން އެނގިގެންދެއެވެ. 

ތަށީގެ ކައިރިން ކެއުން: 

(ولِمَا رَوَى عُمَرُ بْنُ أَبِي سَلَمَةَ قَالَ : كُنْت غُلَامًا فِي حِجْرِ رَسُولِ اللَّهِ صلى الله عليه وسلم وَكَانَتْ يَدِي تَطِيشُ فِي الصَّحْفَةِ ، فَقَالَ لِي رَسُولُ اللَّهِ صلى الله عليه وسلم : ” يَا غُلَامُ : سَمِّ اللَّهَ ، وَكُلْ بِيَمِينِك ، وَكُلُّ مِمَّا يَلِيكرواه البخاري ( 3576 ) ومسلم : 2022 

މާނާއަކީ: މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން އަބީ ސަލަމާގެ ކިބައިން ރިވާ ވެގެން ވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބެއްލެވުމުގެ ދަށުގައިވާ ކުޑަ ކުއްޖަކު ކަމުގައި ތިމަންނާ ވީމުއެވެ. ތިމަންނާގެ އަތް މުޅި ތަށިތެރޭގައި ހޭކެއެވެ. އެހިނދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އޭ ދަރިފުޅާ އެވެ. ކެއުމުގެ ކުރިން ﷲ ގެ އިސްމުފުޅުން ފަށާށެވެ. އަދި ދަރިފުޅުގެ ކަނާ އަތުން ކާށެވެ. އަދި ދަރިފުޅާ ތަށީގެ އެންމެ ގާތުން ކާށެވެ.")

 

 

މިއަދު އޮންލައިން