ބައިސްކަލުން އިމްޕޯޓް ޑިޔުޓީ ކަނޑާލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ބައިސްކަލުން އިމްޕޯޓް ޑިޔުޓީ ކަނޑާލަނީ!

ރާއްޖެއަށް އެތެރެކުރާ ބައިސްކަލުން ސަރުކާރަށް ނަގަމުން އަންނަ އިމްޕޯޓް ޑިޔުޓީ ކަނޑާލަން ހުށަހަޅުއްވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. 

ޑރ. ޙުސައިން މިކަން ހާމަކުރެއްވީ ތިމާވެށީގެ ކުރީގެ ވަޒީރުންނާއިއެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެވެ. ޑރ. ޙުސައިން ވިދާޅުވީ ބައިސްކަލުން މިހާރު 15 އިންސައްތަ ޑިޔުޓީ ސަރުކާރަށް ނަގަމުން އަންނަ ކަމަށާއި ޑިޔުޓީ ނެގުން ހުއްޓައިލުމުން ބައިސްކަލުގެ އަގު ހެޔޮވެ ގިނަ ބައަކަށް ބައިސްކަލް ދުއްވަން މަގުފަހިވާނެ ކަމަށެވެ. އަދި މިކަމަށް ދަނީ ބައިސްކަލް ދުއްވާ މީހުންގެ ޖަމިއްޔާއިން އެދެމުން ކަމަށެވެ. 

ޑރ. ޙުސައިން ވިދާޅުވީ އިންޖީނުލީ އުޅަނދުތަކުން މާލު މިވަނީ ތޮއްޖެހިފައި ކަމަށާއި ވެހިކަލްތަކުން ބޭރުވަމުންދާ ވިހަ ދުމުގެ ސަބަބުން ޖައްވު މިދަނީ ވިހަ ދުންތަކުން ފުރެމުން ކަމަށެވެ. އަދި އެކަމަށް އޮތް ހައްލަކީ ވީހައި ގިނަ ބައަކު ބައިސްކަލް ދުއްވުން ކަމަށެވެ.

މިއަދު އޮންލައިން