އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އަޙުމަދު ޢަލީ އައްޔަނުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 59ސ
އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އަޙުމަދު ޢަލީ އައްޔަނުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީއަށް ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް އަޙުމަދު ޢަލީ މިއަދު އައްޔަނުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ އަލަށް އައްޔަނުކުރެއްވި ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް އަޙުމަދު ޢަލީ މިއަދު މަޤާމްގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަންނަވާފައިވާ ކަމަށެވެ.

އަހުމަދު އަލީ ވަނީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.

މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ސައީދު އެމަގާމުން ވަކިކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، މިިދިޔަ ޖެނުއަރީ 27 އިން ފެށިގެން އޭޕްރީލު 27 ގެ ނިޔަލަށް ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހެވެ. 

 

މިއަދު އޮންލައިން