ހައްޖަށް ދާން ޕެންޝަން ފަންޑުން ގެނޭ މިންވަރު 80 އިން ސައްތައަށް ބޮޑުކުރަން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ހައްޖަށް ދާން ޕެންޝަން ފަންޑުން ގެނޭ މިންވަރު 80 އިން ސައްތައަށް ބޮޑުކުރަން ނިންމައިފި

ހައްޖަށް ދާން ޕެންޝަން ފަންޑުން ގެނޭ މިންވަރު 80 އިން ސައްތައަށް ބޮޑުކުރަން ނިންމާފައި ވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެއޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާއިން ޙައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސާ އެ ފަންޑުން ކުރިން ނެގޭނެކަމަށް ކަނޑައެޅި އަދަދު 80 އިން ސައްތައަށް ބޮޑުކުރަން ނިންމައި ޕެންޝަނާބެހޭ ޤާނޫނަށް އެ އިސްލާހު ހުށައަޅުއްވާފައިވާކަމަށެވެ.

ޕެންޝަން ފަންޑުން ފައިސާ ދޫކުރާ އުސޫލުގައިވާ ގޮތުން ފައިސާ ދޫކުރާނީ އެ އަހަރަކު ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާ އަގުގެ ދެބައިކޮށްފަ އެއްބައެވެ. އަދި އެކައުންޓްގައި ތިންލައްކަ ތިރީސް ހަ ހާސް ރުފިޔާ ހުންނަ ފަރާތްތަކަށް ޙައްޖުވުމަށް ފައިސާ ދޫކުރާނެއެވެ.

 

 

 

މިއަދު އޮންލައިން