ހަތަރު ސަތޭކަ އަަށްވުރެ ގިނަ މައްސަލަ ކޮރަޕްޝަން ހާމަކުރާ ވެބްސައިޓަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ހަތަރު ސަތޭކަ އަަށްވުރެ ގިނަ މައްސަލަ ކޮރަޕްޝަން ހާމަކުރާ ވެބްސައިޓަށް!

ރައީސް އޮފީހުން ޤާއިމުކުރި ސަރުކާރުގެ އިދާރާތަކުގައި ހިނގާ ކޮރަޕްޝަނާ ހިޔާނާތްތަކުގެ ކަންކަން ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅޭ ވެބްސައިޓަށް 400 އަަށްވުރެ ގިނަ މައްސަލަ ހުށައެޅިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މީގެތެރެއިން ސުވާލު އުފޭދޭ 18 މައްސަލައެއް ތަހުޤީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ.

މި ވެބްސައިޓަށް ހުށަހެޅޭ މައްސަލަތައް ބަލަނީ ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ހާއްސަ ކޮމިޓީއަކުންނެވެ.

 

 

 

މިއަދު އޮންލައިން