މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އަލުން ހުޅުވާލައިފިއެވެ.
އެޑިއުކޭޝަނުން މިއަދު ހުޅުވާލި ލޯނަށް އެދުމުގެ ފުރުސަތަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 24 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިންނެވެ.
ދަރިވަރުން ބޭނުންވާ ކޮންމެ ޤައުމެއްގެ ސްކޮލަޝިޕަކަށްވެސް އެދި ހުށަހެޅޭނެކަމަށާއި އަދި %100 ލޯނު ކަވަރުކުރާނީ އެމިނިސްޓްރީން ކަނޑައަޅާ ގައުމުތަކުން އެކަނި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެކުރިނ މަތީ ތައުލީމު ހާސިލް ކުރުމުގެ ލޯނަށް ފުރަތަމަ ހުޅުވާލުމުން 242 ޖާގައަށް 993 ދަރިވަރަކު ކުރިމަތިލިއެވެ. ނަމަވެސް ޝަރުތު ހަމަވެގެން ފުރުސަތު ލިބުނީ އެންމެ 79 ދަރިވަރަކަށެވެ. މިފަހަރު ހުލުވާލާފައިވަނީ ބާކީ 163 ޖާގައަށެވެ.