ފަނޑިޔާރުންގެ ޖަމްޢިއްޔާއެއް އުފައްދަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ފަނޑިޔާރުންގެ ޖަމްޢިއްޔާއެއް އުފައްދަނީ!

"ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމްޢިއްޔާ" ގެ ނަމުގައި ޖަމްޢިއްޔާ އެއް އުފެއްދުމަށް ޖުޑީޝަލް ކައުންސިލުން ނިންމައިފިއެވެ.

މޯލްޑިވްސް ޖުޑީޝިއަރީން ބުނެފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޖަމްޢިއްޔާގެ ނަމުގައި ޖަމްޢިއްޔާއެއް އުފެއްދުމަށް 2019 މޭ 21ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ކައުންސިލްގެ ބައްދަލުވުމުގައި ނިންމެވުމާގުޅިގެން، މި ޖަމްޢިއްޔާ އުފެއްދުމަށްޓަކައި ހުށަހަޅަން ޖެހޭ އެންމެހާ ލިޔެކިޔުންތައް ވަނީ 2019 މޭ 26 ވަނަ ދުވަހު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓަށް ހުށަހަޅާފައިވާކަމަށެވެ.

ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 10 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދީފައިވާ ޖަމްޢިއްޔާ ހެދުމުގެ ޙައްޤުގެ ދަށުން އުފެއްދުމަށް ކަނޑައަޅާފައިވާ މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދަކީ، ފަނޑިޔާރުންގެ މުސްތަޤިއްލުކަން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި އެމީހުންގެ އިމްތިޔާޒުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރުން ކަމަށް މޯލްޑިވްސް ޖުޑީޝިއަރީން ވަނީ ބުނެފައެވެ. 

 

މިއަދު އޮންލައިން