އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދަނީ ފަތިސް ނަމާދުން ލަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން ބުނެފައިވަނީ އެއަށްފަހު ކުދިން ތަފާތު ކުޅިވަރާއި ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު ގެއަށްގޮސް ތައްޔާރުވެގެން ސުކޫލަށް އައިސް ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
ރާއްޖޭގެ ހުރިހާ ދަރިވަރުން ފަތިސް ނަމާދުކުރަން އަހުލުވެރިކުރުވުމަކީ އެކަމުގެ ހެޔޮ ބަދަލު މުޅި މުޖުތަމައުން ފެނިގެންދާނެ ކަމެކެވެ. އެންމެ ހެޔޮ އެއް ބަދަލުގެ ފެނިގެންދާނެ ކަމަށް އުންމީދު ކުރެވޭ ބަދަލަކީ މައިން ބަފައިންވެސް އަވަހަށް ނިދައި ފަތިސް ނަމާދަށް ހޭލަން ފެށުމެވެ.
ދަރިން ސްކޫލަށް ގެންދިއުމަށްފަހު ބެލެނިވެރިން މިސްކިތްތަކަށް އަރާނަމަ ހުރިހާ މިސްކިތްތައް ފުރިގެންދާނެއެވެ. އެފަދަ އުފާވެރި މަންޒަރެއް ފެނިގެން ދިއުމަކީ ގިނަ ބައަކު މިހައިތަނަށް ހުވަފެނުން ވެސް ދެކެފައިވާނެ ކަމެއް ނޫނެވެ. އެހެންކަމުން ސަރުކާރުން މިގެންނަ ހެޔޮ ބަދަލު ގެނައުމުގެ ތައުފީޤް ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރަމެވެ. އަދި އެކަމުގެ ފައިދާ މުޅި ދިވެހި މުޖުތަމައުއަށް މިންވަރުފުޅު ކޮށްދެއްވެވުން އެދިވެސް ދުޢާ ކުރަމެވެ. އާމީން!
އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުން ސްކޫލް ސެޝަން ފެށިގެންދަނީ ފަތިސް ނަމާދުން. އެއަށްފަހު ކުދިން ތަފާތު ކުޅިވަރު / ކަސްރަތުގައި މަޝްއޫލުވެ އުޅުމަށްފަހު ގެއަށްގޮސް ސުކޫލަށް ތައްޔާރުވެގެން ސްކޫލުން ނާސްތާ ކުރުމަށްފަހު ކްލާސްތައް ފެށޭ ގޮތަށް ވަނީ ހަމަޖެހިފައި.
— Ministry of Education (@EducationMV) June 11, 2019