ތަޅުންގަނޑު މަތީގައި ހެނދުނުގެ ނާސްތާ ދިނުމުން އެޑިޔުކޭޝަނުން ފިޔަވަޅު އަޅައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ތަޅުންގަނޑު މަތީގައި ހެނދުނުގެ ނާސްތާ ދިނުމުން އެޑިޔުކޭޝަނުން ފިޔަވަޅު އަޅައިފި

ތަޅުންގަނޑު މަތީގައި ތިބެގެން ކުޑަކުދިންތަކެއް ހެނދުނުގެ ނާސްތާ ދިނުމުން އެޑިޔުކޭޝަން މިނިސްޓްރީން ފިޔަވަޅު އަޅައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިނިސްޓްރީގެ އުސޫލާ ޚިލާފަށް ނާސްތާގެ ކަންކަން ކުރިއަށް ގެންދިޔަ ފަރާތަކަށް ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. ނަމަވެސް ފިޔަވަޅު އެޅި ސުކޫލުގެ ނަމެއް އެޅި ފިޔަވަޅެއް ވެސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ފިޔަވަޅު އަޅާފައި މިވަނީ ގދ. އަތޮޅުގެ ސުކޫލެއްގައި މިއަދު ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިން އިރު ކަރުދާސް ގަނޑަކަށް ލާފައި ތަޅުގަނޑު މަތީގައި ނާސްތާ ދިން މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ މިއަދުން ފެށިގެން ވަނީ ދޭންފަށައިފައެވެ.

މިއަހަރުގެ ޖެނުއަރީ މަހު ބައެއް ސްކޫލްތަކަށް ނާސްތާ ދޭން ފެށިއިރު، އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލަކަށެވެ. އަދި މިއަދުންފެށިގެން 212 ސްކޫލްގެ ދަރިވަރުންނަށް ނާސްތާ ލިބޭނެއެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ބަޖެޓުގައި މިއަހަރު 123 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

މިއަދު އޮންލައިން