ރާއްޖޭ ގެ ހުރިހާ ސްކޫލެއްގައި މިއަދުންފެށިގެން ހެނދުނުގެ ނާސްތާ ދޭންފަށަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 35ސ
ރާއްޖޭ ގެ ހުރިހާ ސްކޫލެއްގައި މިއަދުންފެށިގެން ހެނދުނުގެ ނާސްތާ ދޭންފަށަނީ

ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ މިއަދުން ފެށިގެން ލިބޭނެކަަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ޖުމްލަ 10 މެނުއޭއް ހިމެނޭ މި ޕްރޮގްރާމްގައި އެކި ދުވަހު ނާސްތާ ދެމުންގެންދަނީ އެކި މެނޫތަކަށް ބަހާލައިގެންނެވެ. 

މިއަހަރުގެ ޖެނުއަރީ މަހު ބައެއް ސްކޫލްތަކަށް ނާސްތާ ދޭން ފެށިއިރު، އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލަކަށެވެ. އަދި މިއަދުންފެށިގެން 212 ސްކޫލްގެ ދަރިވަރުންނަށް ނާސްތާ ލިބޭނެއެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ބަޖެޓުގައި މިއަހަރު 123 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

 

 

މިއަދު އޮންލައިން