މަޖލިސް މެންބަރުންގެ ޗުއްޓީ 3 މަހުން 2 މަހަށް ކުރުކުރަން އަދާލަތު ޕާޓީން ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
މަޖލިސް މެންބަރުންގެ ޗުއްޓީ 3 މަހުން 2 މަހަށް ކުރުކުރަން އަދާލަތު ޕާޓީން ހުށަހަޅައިފި

ދައުލަތުން މުސާރަ ދޭ މީހުންގެ ތެރެއިން އެންމެ ދިގު ޗުއްޓީއެއް ކޮންމެ އަހަރަކު ނަގަމުންދާ މަޖިލިސް މެންބަރުންގެ ޗުއްޓީ 3 މަހުން 2 މަހަށް ކުރުކުރަން އަދާލަތު ޕާޓީން ހުށަހަޅައިފިއެވެ. 

މަޖިލިސް މެންބަރުންގެ ޗުއްޓީ 2 މަހަށް ކުރުކުރަން އަދާލަތު ޕާޓީން ހުށަހަޅާފައިވަނީ މަޖިލީހުގެ ޤަވާއިދަށް މިއަދު ހުށަހެޅި 20 އިޞްލާޙްގެ ތެރޭގައެވެ. 

މަޖލީހުގައި މިހާރު އަމަލުކުރަމުން ގެންދާ ގޮތުން މެންބަރުން ކޮންމެ އަހަރަކުވެސް 1 މަސް ދުވަހުގެ 3 ޗުއްޓީ ނަގައެވެ.، ނަމަވެސް އަދާލަތު ޕާޓީން ހުށަހަޅާފައިވަނީ ޗުއްޓީ 2 މަސް ދުވަހަށް ކުރުކުރުމަށެވެ. 

"މިޤަވާއިދުގައި އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެޕްރިލް މަހުގެ ފުރަތަމަ ދުވަހަށެވެ. ދެވަނަ ދައުރު ހިނގާނީ އެޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ. 3 ވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ." 

މިއަދު އޮންލައިން