ލަންކާއިން ހައްޔަރުކުރި 2 ދިވެހިންގެ ބަންދުގެ މުއްދަތު ދެވަނަފަހަރަށް އިތުރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ލަންކާއިން ހައްޔަރުކުރި 2 ދިވެހިންގެ ބަންދުގެ މުއްދަތު ދެވަނަފަހަރަށް އިތުރުކޮށްފި

ލަންކާގައި ބޮންގޮއްވުމުގެ ހާދިސާއާއި ގުޅިގެން ލަންކާ ފުލުހުން ކުރިއަށް ގެންދާ ބަލާފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ދެ ދިވެހިންގެ ބަންދުގެ މުއްދަތު ދެވަނަފަހަރަށް އިތުރުކޮށްފިއެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅުން ހުރި ފޮތެއް އެ މީހުން އުޅުނު ގެއިން ފެނުމުން ބަންދު ކުރި ދިވެހި ދެމީހުންނަކީ އެމްޑީޕީގެ އެކްޓިވިސްޓް ފުނަމާ އާދަމް މަނިކާއި ބައިކަނޑި ހަސަން މަނިކެވެ.

މިދެމީހުންގެ ބަންދަށް މިއަދު ލަންކާ ކޯޓުން އިތުރުކުރީ ތިން ދުވަހެވެ. މީގެކުރިން ވެސް ވަނީ މުއްދަތު އިތުރުކޮށްފައެވެ.

އައިއެސްއާ ގުޅުން ހުރި ކަމަށް ބުނާ އެ ފޮތާ އެ މީހުންނާ ގުޅުމެއް ނެތްކަމަށް އެމީހުން ވަނީބުނެފައެވެ.

މިދެމީހުނެ ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސް ދެން އޮންނާނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

 

މިއަދު އޮންލައިން