ރާއްޖޭގައި ފްލޯޓިން އައިލެންޑް ހަދަން ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ރާއްޖޭގައި ފްލޯޓިން އައިލެންޑް ހަދަން ސޮއިކޮށްފި

ހޮލެންޑުގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑްސް އިން ރާއްޖޭގައި ފްލޯޓިން އައިލެންޑު މަޝްރޫއު ހިންގަން ސޮއިކޮށްފި އެވެ.

މިދިއަ ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިމަޝްރޫއުގެ ދަށުން ހަދަނީ ފެންމަތީގައި ފްލޯޓުކޮށް ހުންނަ ރަށް ތަކެކެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޮލެންޑުން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވެސް ބައިވެރިވަޑައި ގަތެވެ.

2010 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ހަމަ މި މަޝްރޫއުގައި ސޮއިކޮށްފައިވެއެވެ. އޭރު މި މަޝްރޫއު ވަނީ ކުރިއަށް ނުގޮސްފައެވެ.

 

މިއަދު އޮންލައިން