އުރީދޫ އެޕްއިން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 16ސ
އުރީދޫ އެޕްއިން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000ރުފިޔާ، އަދި ބޮޑު އިނާމަކަށް 100،000 ރުފިޔާ!

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ ގޮތަށް އުރީދޫ މޯލްޑިވްސްއިން އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން ފަށައިފިއެވެ.

4 ސެޕްޓެންބަރުން ފެށިގެން 31 ޑިސެންބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ، ކޮންމެ ވަގުތަކު އަދި ކޮންމެ ތާކު ހުރެގެންވެސް ފަސޭހަކަމާއެކު ރީޗާޖުކުރުމަށާއި މޯބައިލް ޚިދުމަތްތައް މެނޭޖުކުރުމަށް އުރީދޫ އެޕް ބޭނުންކުރާ އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި، ޝަރުތު ހަމަވާ އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުން ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އުރީދޫ އެޕް މެދުވެރިކޮށް 300 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދަކުން ރީޗާޖުކުރުން ނުވަތަ 300 ރުފިޔާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ޕެކެއް އެކްޓިވޭޓްކުރުމުން ފުދޭނެއެވެ.

ޝަރުތު ހަމަވާ ކޮންމެ ޓްރާންސެކްޝަނަކާއެކު ހަފްތާގެ ގުރުއަތުލުމާއި ގްރޭންޑް ޕްރައިޒް ގުރުއަތުލުމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާއިރު، އެޕް މެދުވެރިކޮށް ރީޗާޖުކުރާ ނުވަތަ ޕެކްތައް އެކްޓިވޭޓްކުރާ ވަރަކަށް ކަސްޓަމަރުންނަށް އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ.

މުޅި ޕްރޮމޯޝަންގެ ތެރޭގައި ކަސްޓަމަރުންނަށް އެތައް ފަހަރަކު ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދިދާނެއެވެ. މިސާލަކަށް، ހަފްތާއެއްގެ ތެރޭގައި ޝަރުތު ހަމަވާ 300 ރުފިޔާގެ ދެ ރީޗާޖުކުރާ ކަސްޓަމަރަކަށް އެ ހަފްތާގެ ގުރުއަތުލުމުގައި ދެ ފުރުސަތު ލިބޭނެއެވެ. އަދި މި ދެ ފުރުސަތު ގްރޭންޑް ޕްރައިޒް ގުރުއަތުލުމުގައިވެސް ގުނޭނެއެވެ.

ކޮންމެ ހަފްތާއަކު ނަސީބުވެރި އެއް ކަސްޓަމަރަކަށް 12،000 ރުފިޔާ ލިބޭއިރު، ޕްރޮމޯޝަން ނިމުމުން ނަސީބުވެރި އެއް ކަސްޓަމަރަކަށް 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ލިބިގެންދާނެއެވެ.

ރީޗާޖް އެންޑް ވިން ޕްރޮމޯޝަން މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން އަމާޒުހިފާފައިވަނީ، ޑިޖިޓަލްކޮށް މޯބައިލް ޚިދުމަތްތައް މެނޭޖުކުރުމުގެ ފަސޭހަކަން ތަޖުރިބާކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ހިތްވަރުދިނުމަށެވެ. އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ރީޗާޖުކުރުމާއި، ޕެކްތައް އެކްޓިވޭޓްކުރުމާއި، އެކައުންޓްތައް މެނޭޖުކުރުމުގެ އިތުރުން ސީދާ ސްމާޓްފޯނުން އުރީދޫގެ ޚިދުމަތްތައް ހޯދޭނެއެވެ.

މި ޕްރޮމޯޝަނަކީ، ކަސްޓަމަރުންނަށް ފަސޭހައިން ލިބޭ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދީ، އާންމު ދިރިއުޅުމުގެ ގުޅުންތައް އިތުރަށް ފަސޭހަކޮށްދިނުމަށް އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް މޯލްޑިވްސް ތަސައްވުރުގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.

މިއަދު އޮންލައިން