ރުމޭނިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިއޮޑޯ މެލެސްކާނޯގެ ދައުވަތަކަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ރުމޭނިއާއަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި ދަތުރުފުޅުގައި ރުމޭނީއާގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި މީގެއިތުރުން އެގައުމުގެ ވައިސް ޕްރައިމް މިނިސްޓަރ އަނާ ބަރޗޯލްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ މަޢުލޫމާތުދީފައެވެ.
މިނިސްޓަރ ޝާހިދު އިއްޔެ ވަނީ ލަންކާއަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ.