ވިސާ އާއި ޓެރަރިޒަމާ ދެކޮޅަށް ދެގައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.
ލަންކާއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ލަންކާގެ ވިސާގެ އުސޫލު ހަރުކަށި ކޮށްފައިވާއިރު ކިޔެވުމަށާއި އެހެނިހެން ބޭނުންތަކުގައި ލަންކާގައި ތިބެންޖެހޭ ދިވެހިންނަށް ވިސާ ދޫކުރާނީ ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ލަންކާއަށްދާ ދިވެހިންނަށް ލުއި ފަސޭހަތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖެ އަބަދުވެސް އޮންނާނީ ލަންކާ އާއެކު ކަމަށެވެ.