ރޯދަ މަސް އައި ނަމަވެސް ތަޤްވާވެރިކަން އިތުރުވާނީ އެކަމަށް އެދި މަސައްކަތްކުރާ މީހަކަށް!: ޑރ.ޝިހާމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރޯދަ މަސް އައި ނަމަވެސް ތަޤްވާވެރިކަން އިތުރުވާނީ އެކަމަށް އެދި މަސައްކަތްކުރާ މީހަކަށް!: ޑރ.ޝިހާމް

ރޯދަ ހިފުމުން ތަޤްވާވެރިކަން އިތުރުވުމަށް އެދޭއިރު އަމިއްލަ ނަފްޞަށް ޙާޞިލުކުރަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ރޯދަ ހިފުމަކީ ތަޤްވާވެރިކަން އިތުރު ކުރައްވަވާނެ ކަމެއް ކަމަށް ބުނެ  ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތް ނުކުރާ މީހަކަށް ރަމަޟާން މަސް އައުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ރޯދަ މަސް އައި ނަމަވެސް ތަޤްވާވެރިކަން އިތުރުވާނީ އެކަމަށް އެދި މަސައްކަތްކުރާ މީހަކަށެވެ. އެހެނީ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ އެކަމަކަށް އެދި ގަދައަޅައި މަސައްކަތްކުރުމުން ކަމުގައިވާތީއެވެ. 

ރޯދައިގެ ސަބަބުން ލިބެން ޖެހޭނެ އެންމެ މަތިވެރި ނިޢްމަތަކީ ތަޤްވާވެރިކަން އިތުރުވުމުގެ ނިޢްމަތެވެ. ﷲ ތާޢާލާއަށް ބިރުވެތިވުމާއިއެކު ﷲ ތައާލާގެ އަމުރުފުޅުތައް ތަންފީޒުކުރަން މަސައްކަތްކުރުމަކީ ނުވަތަ ތަންފީޒުކުރުމަކީ ތަޤްވާވެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ހަމަ އެފަދައިން މަރަށް ތައްޔާރުވުމާއި ތިމާގެ އަޚްލާޤް ރަނގަޅުކުރުމަކީ ވެސް ތަޤްވާވެރިކަމުގެ ތެރެއިން ހިމެނޭ ކަންކެމެވެ. 

ރޯދައިގެ ތެރެއިން ރިވެތި އަޚްލާޤީ ސިފަތަކެއްވެސް ލިބިގެންދެއެވެ. މިސާލަކަށް ބަލަން ނުވާ ތަންތަން ނުބެލުމާއި އަޑު އަހަން ނުވާ ކަންކަން އަޑު ނުއެހުމާއި ބަނޑަށް އަޅަން ނުޖެހޭނެ ތަކެތި ނުއެޅުން ފަދަ އެތައް ބައިވަރު ކންތައްތަކެއް ރޯދައިގެ ތެރެއިން ތިމާއަށް ދަސްވެގެން ދެއެވެ. ނަމަވެސް މިކަން ކަމުގެ ފައިދާ ކުރާނީ ހެޔޮ ގޮތުގައި މިކަންކަން ޙާޞިލުކުރަން ގަދަ އަޅައި މަސައްކަތްކޮށްފި މީހަކަށެވެ. 

ޑރ. ޢަބްދުﷲ ޝިހާމްގެ ދަރުސަކުން

މިއަދު އޮންލައިން