މިއަދުގެ ރެސިޕީ: ޗޮކްލެޓް ބަޓަރ ލާވާ ކޭކް

ކިޔުމަށް ހޭދަވާނީ 48ސ
މިއަދުގެ ރެސިޕީ: ޗޮކްލެޓް ބަޓަރ ލާވާ ކޭކް

ބޭނުންވާނެ ތަކެތި:

· 150ގ. ކުކިންގ ޗޮކްލެޓް

· 4 މޭޒުމަތީ ސަމުސާ ބަޓަރ

· 1 ¼ ޖޯޑު ހަކުރު (ހިމުންކޮށް މުގުރާފަ)

· 3 ބިހުގެ ރީނދޫ ބައި (ގޮބޮޅި)

· 2 ބިސް

· 1 ސައިސަމުސާ ވެނީލާ އެސެންސް

· ½ ޖޯޑު ފެން

 

ތައްޔާރު ކުރާނެ ގޮތް:

· މައިކްރޮވޭވް އަވަނެއްގައި ކުކިން ޗޮކްލެޓާއި ބަޓަރ ކޮޅު ހޫނު ކޮށްލާ، ދިޔާ ކޮށްލާށެވެ.

· އަވަން ތެރެއިން ނެގުމަށްފަހު އޭގެ ތެރެއަށް ހަކުރާއި ބިސް އަދި ބިހުގެ ގޮބޮޅިއާއި ވެނީލާ އެސެންސް ވެސް އާޅާފައި ރަނގަޅަށް އެއްކޮށްލާށެވެ.

· ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށްފަހު ފެންފޮދު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

· ދެން ކުދި މަފިން ކަޕްތަކެއްގައި ބަޓަރ އުނގުޅުމަށްފަހު އެކަޕްތަކުގެ ތެރެއަށް، ތައްޔާރުކުރި ޗޮކްލެޓްކޮޅު އަޅާ 220 ޑިގްރީޒް ސެލްސިއަސްގައި 13 މިނެޓު ވަންދެން ފިހެލާށެވެ.

ޗޮކްލެޓް ބަޓަރ ލާވާ ކޭކް ތައްޔާރުވީއެވެ.

މިއަދު އޮންލައިން