ފޮރިން މިނިސްޓަރު އަަބްދުﷲ ޝާހިދު ސްރީލަންކާ އަށް މިއަދު ފުރާވަޑައިގެންފިއެވެ.
ފުރާވަޑައިގަންވަމުން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މި ދަތުރުފުޅުގައި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އާއި ސިޔާސީ އިސް ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށެވެ.

މިއީ ލަންކާ އަށްދިން ޓެރެރިޒަމްގެ ހަމަލާތަކަށްފަހު ރާއްޖޭގެ އިސް ބޭފުޅަކު ލަންކާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.