އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ދެ ފަށަލައަށް ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓުގައި ދެ ފަށަލައަށް ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، އެ މަގުގެ ފުރަތަމަ ސެގްމަންޓުގައި ދެ ފަށަލައަށް ތާރުއެޅުމުގެ މަސައްކަތް މިއަދު ހެނދުނު އެއްކޮށް ނިންމާލައިފިއެވެ.

މި ސެގްމަންޓުގައި ތާރުއަޅައި ނިމުމާ ގުޅިގެން، ދެން ކުރިއަށްދާނީ މަގުމަތީގެ ނިޝާންތައް ކުރެހުމާއި މަގު ބޭނުންކުރަން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތަކެވެ. އަދި ފުރަތަމަ ސެގްމަންޓުގެ މަސައްކަތްތައް ނިމުމާއެކު، ޢިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް ހިމެނޭ ދެވަނަ ސެގްމަންޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އަމީނީ މަގު އަލުން މަރާމާތުކުރުމުގެ މުޅި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ކުރިން އެ މަގު އަވަހަށް ހަލާކުވާން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި، އެޅި ތާރު ރަނގަޅަށް ނުހިކެނީސް ދުއްވާ އެއްޗެއްސަށް މަގު ހުޅުވާލުމާއި، ބަސް ދަތުރުކުރުމުގެ އިތުރުން މޫސުމީ ހޫނުގަދަވުން ހިމެނެއެވެ.

މިއަދު އޮންލައިން