ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

އިސްލާމިކް މިނިސްޓްރީން މިއަދު ހެނދުނު 9:30 އިން ފެށިގެން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ  ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރު 1:00 އާ ހަމައަށް ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ދާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މާލޭގައި ފިޠުރު ޒަކާތް ބަލައިގަންނާނީ މިއަދުންފެށިގެން  މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ވިލިމާލޭގައި ފިޠުރު ޒަކާތް ބަލައިގަންނަމުންދާނީ ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުން ކަމަށެވެ.

ހުޅުމާލޭގައި ނަމަ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުން ފިޠުރު ޒަކާތް ބަލައިގަންނައިރު މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިޠުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. މާލޭ ސިޓީ (މާލެ/ހުޅުމާލެ/ވިލިމާލެ) ގައި ދިރިއުޅޭ މީހުން ޒަކާތްދައްކާ އަގުތަކަކި އާދައިގެ ހަނޑޫނަމަ 15ރ، ތައިލެންޑު ހުދު ހަނޑޫނަމަ 45ރ، ބާސްމަތީ ހަނޑޫ ނަމަ، 95ރ، ރަތް ހަނޑޫނަމަ 75ރ، އަދި އާދައިގެ ފުށް 15ރ، އާޓާ ފުށް ނަމަ 60ރ އެވެ.

 

މިއަދު އޮންލައިން